19 Jul 2016, 12:46
ސްވިޒަލެންޑް މިޑްފީލްޑަރު ގްރެނިޓް ޒަކާއަކީ އާސެނަލް އިން ގެނައި ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ޖަރުމަން ޑިފެންޑަރު ޕާ މާޓަސަކާ ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ޒަކާ ވަނީ ޔޫރޯ 2016ގެ ދެވަނަ ބުރަށް ސްވިޒަލެންޑް ގެންގޮސް ދިނުމުގައި އިސްދައުރެއް އަދާކޮށްފަ އެވެ. ކުރިއަށް އޮތް ސީޒަނަށް އާސެނަލްއާ ޒަކާ ގުޅުނު ނަމަވެސް، އޭނާ އެ ކްލަބަށް އަދި މެޗެއް ކުޅެފައެއް ނުވެ އެވެ.
"ޒަކާ އަކީ އާސެނަލްގެ މުހިއްމު ކުޅުންތެރިޔަކަށް ނުވާނެ. އަހަރެންނަށް މާ ބޮޑަށް އޭނާ އެއް ނޭނގޭ. އެކަމަކު މަޑުމަޑުން އަހަރެންނަށް ވެސް އޭނާ ދަސްވާނެ. ޒަކާ އަކީ މޮޅު ކުޅުންތެރިއެއް. ބޮރޫޝިއާ މޮންޗެންގްލަބަޗް އަށް ވެސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި. އޭނާ އަށް ޖަރުމަން ބަސް ވެސް އެނގޭ. އެހެންކަމުން އޭނާގެ ފުރަތަމަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދެވޭނެ،" މާޓަސަކާ ބުންޏެވެ.
މާޓަސަކާ ބުނީ، ޒަކާ އަކީ މިޑްފީލްޑްގައި ވަރަށް ރަނގަޅު ލީޑަރެއް ކަމަށާއި ޓީމަށް ފައިދާ ހުރި ކުޅުމެއް ދައްކައި، ބޯޅަ ގެންގުޅުމުގައި ވެސް ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ.
ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަބަޗް އަށް 2012 އިން ފެށިގެން ކުޅެމުންދިޔަ ޒަކާ އަކީ ސްވިޒަލެންޑް ބާސެލް އިން އުފެދުނު ކުޅުންތެރިއެކެވެ.