19 Jul 2016, 10:20
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން މެޗުގެ ކުރިއަށް އޮތްބައި ކުރިއަށް ނުގެންދެވިގެން ބަދަލު ކުރަން ޖެހުނު ކްރިސްޓިއާނޯ ރޮނާލްޑޯ ކުރިއަށް އޮތް ސީޒަނަށް ނިކުންނާނީ މާވަރުގަދަކޮށް ކަމަށް އޭނާ ބުނެފި އެވެ.
އެ މެޗުގެ ކުރީ ކޮޅުގައި ފްރާންސްގެ ޑިމިޓްރީ ޕަޔެޓް ކުރި ޓެކުލް އަކާއި ގުޅިގެން ރޮނާލްޑޯގެ ކަނާއަތު ކަކުލުހުޅަށް އަނިޔާވެ ދަނޑުމަތީގައި ނުހެރެވުމުން ވަނީ ބަދަލުކޮށްފަ އެވެ. ރޮނާލްޑޯ ބޭލި ނަމަވެސް ޕޯޗުގަލްގެ އެޑާ ފަހު ވަގުތު ކާމިޔާބު ކޮށްދިން ގޯލު އެ ޓީމް ވަނީ 1-0ގެ ނަތީޖާ އަކުން ފްރާންސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ކުރިން ބެލެވުނު ގޮތުގައި ރޮނާލްޑޯގެ އަނިޔާ ސީރިއަސް ނަމަވެސް އޭނާ މިހާރު އަންނަނީ ލިބްޒީގައި އާއިލާއާއި ރަހްމަތްތެރިންނާއި އެކު ޗުއްޓީ ހޭދަކުރަމުންނެވެ. އަދި އެ ދަތުރުގެ ތެރެއިން ރޮނާލްޑޯމިވަނީ އިންސްޓަގްރަމް މެދުވެރިކޮށް އާންމް ކުރި ވީޑިއޯއެއްގައި އޭނާގެ ސަޕޯޓަރުންނަށް މެސެޖެއް ހިއްސާކޮށްލާފަ އެވެ.
"އަހަރެން ބޭނުން ވަނީ ހުރިހާ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ބުނަން ބޭނުން ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅަށް ކުރިއަށް ދަނީ. ކުރިއަށް އޮތްތާންގައި އަދި މާވަރުގަދަކޮށް ފެންނާނެ،" ރޮނާލްޑޯ ބުންޏެވެ.