ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގެ ފަހު ޖާގަ މޯލްޑިވިއަން ރިކްރިއޭޝަން ކުލަބުން ހޯދައިފި އެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ އެ މުބާރާތުގެ ފައިނަލް މެޗްގައި މޯލްޑިވިއަން ވާދަ ކުރާނީ މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗްގައި މޯލްޑިވިއަން ބަލިކޮށް ފައިނަލްގެ ޖާގަ ހޯދި ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ރޭ ކުޅުނު ސެމީފައިނަލް މެޗް މޯލްޑިވިއަން ކާމިޔާބު ކުރީ ތިން ސެޓް ދެ ސެޓުން ޕޮލިސް ކްލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ސެޓް މޯލްޑިވިއަން އިން 25- ކާމިޔާބުކުރި ނަމަވެސް ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ކާމިޔާބު ކުރީ ޕޮލިސް ކުލަބެވެ. ދެ ވަނަ ސެޓް 25-22 ން ކާމިޔާބު ކުރި އިރު، ތިން ވަނަ ސެޓް ހޯދީ 25-23 ންނެވެ. ހަތަރު ވަނަ ސެޓް މޯލްޑިވިއަން ހޯދީ 25-22 ންނެވެ. އަދި މެޗުން މޮޅުވި ސެޓް މޯލްޑިވިއަން އިން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 15-7 އިން ޕޮލިހުން ބަލިކޮށްފަ އެވެ.

އެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޯލްޑިވިއަންގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އެވެ.