ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ބެހޭގޮތުން އދ. އިން ބާއްވާ މަތީފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަންމެން މިނިސްޓަރު ޠާރިޤު އިބްރާހިމް ނިއުޔޯކަށް ފުރާވަޑައިގެންފި އެވެ.

ދެދެވަހުގެ މުއްދަތަށް ކުރިއަށްދާ އެ ބައްދަލުވުމުގައި އެއޯސިސްގެ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރު ޠާރިޤު ވާހަކަފުޅުދައްކަވާނެ ކަމަށް އެންވަޔަރަންމެން މިނިސްޓްރީން ބުންޏެވެ.

ކުދި ޖަޒީރާ ގައުމުތައް ހިމެނޭ އެއޯސިސްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަނީ ރާއްޖެއިންނެވެ.

ދެމެހެއްޓެވިނި ތަރައްގީގެ ލަނޑުދަނޑިތަކަކީ 2000 ވަނަ އަހަރު ފާސްކުރެވުނު ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތަކުގެ މުއްދަތު 2015 އަށް ހަމަވުމާއި ގުޅިގެން އެކުލަވާލި އައު ލަނޑުދަނޑިތަކެކެވެ. ދެމެހެއްޓެވިނި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި 17 ލަނޑުދަނޑިއެއް ހިމެނެ އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް މިނިސްޓަރު ޠާރިޤު ވާހަކަފުޅުދައްކަވާނެ ކަމަށް އެންވަޔަރަންމެން މިނިސްޓްރީން ބުންޏެވެ.