ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ދިހަ ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއެކު ފްރާންސް ތަރި އެންޓޮއިން ގްރީޒްމަން ހިމެނިއްޖެ އެވެ.

މިދިޔަ ސީޒަނުގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ލިސްޓް 37 އިން ދިހަ އަކަށް މިހާރު ވަނީ ކުޑަކޮށްފަ އެވެ.

ޔޫއެފާ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ ޔޫރަޕުގެ ކްލަބުތަކުގައި އެންމެ ރަނގަޅު ކުޅުން ދައްކާ ކުޅުންތެރިޔާ އަށް ދޭ އެވޯޑެކެވެ.

އެ ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ހަތަރު ކުޅުންތެރިންނާއި ސްޕެއިންގެ ބާސެލޯނާގެ ދެ ކުޅުންތެރިންނާއި ޖަރުމަނުގެ ބަޔާން މިއުނިކުގެ ދެ ކުޅުންތެރިންނާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުގެ ކުޅުންތެރިއެއް އަދި އިޓަލީގެ ޔުވަންޓަސްގެ ކުޅުންތެރިއެކެވެ.

ދިހަ ކުޅުންތެރިންގެ ލިސްޓުގައި ހިމެނުނު ކުޅުންތެރިން:

  • ގެރެތު ބޭލް (ވޭލްސް، ރެއާލް މެޑްރިޑް)

  • ޖިއަންލުއިޖީ ބުފަން (އިޓަލީ، ޔުވެންޓަސް)
  • އެންޓޮއިން ގްރީޒްމަން (ފްރާންސް، އެތުލެޓިކޯ މެޑްރިޑް)
  • ޓޯނީ ކްރޫސް (ޖަރުމަން، ރެއާލް މެޑްރިޑް)
  • ލިއޮނެލް މެސީ (އާޖެންޓީނާ، ބާސެލޯނާ)
  • ތޯމަސް މުލާ (ޖަރުމަން، ބަޔާން މިއުނިކް)
  • މެނުއެލް ނޯޔާ (ޖަރުމަން، ބަޔާން މިއުނިކް)
  • ޕެޕޭ (ޕޯޗުގަލް، ރެއާލް މެޑްރިޑް)
  • ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް، ރެއާލް މެޑްރިޑް)
  • ލުއިސް ސުއަރޭޒް (އުރުގުއާއީ، ބާސެލޯނާ)