ނިލާގިރީ (ޖުލައި 18): ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިންޑިއާގެ އޮޑީޝާ ސްޓޭޓުގެ ބައުންސަބާނިއާ އަވަށުގެ ބިމު އަޑިން ދުން އަރަން ފެށުމުން އެއަވަށުގެ ފަޔާ ޑިޕާންޓްމެންޓުން އެކަން ތަހުގީގު ކުރަން ފަށައިފި އެވެ.

ބައުންސަބާނިއާ އަވަށުގެ ރައްޔިތެއް ކަމަށްވާ ބިކާޝް ކުމާރު ސަހޫ ބުނީ އެސަރަހައްދު ކޮނުނު ވަރަކަށް ދުމާއި ހޫނު ވައި އަރަމުން ދިޔަ މިންވަރު އިތުރުވަމުން ދިޔަ ކަމަށެވެ.

"އަދި ކޮނުނު ސަރަހައްދުގެ އެތެރޭގައިވާ ފަސްގަނޑު ވަރަށް ހޫނުކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު. އަޅުގަނޑުމެންނަށް ހީވާ ގޮތުގައި ބިމު އަޑީގައި ކޮންމެވެސް ގޭހެއް އެބަހުރި،" ސަހޫ ބުންޏެވެ.

ބައުންސަބާނިއާ އޮންނަ ބަލަސޯރު އަވަށުގެ ފަޔާ އޮފިސަރުން މިހާރު ދަނީ ބިމުން ދުން އަރަން ފެށި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. (އޮޑީޝާޓީވީ)