18 Jul 2016, 01:35
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ފައިނަލްގެ ފުރަތަމަ ޖާގަ ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
ސިފައިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުގައި މޯލިޑިވިއަން ސްޕޯޓްސްގެ މައްޗަށް ތިން ސެޓް ދެ ސެޓުން ކުރި ހޯދައިގެންނެވެ. މެޗުގެ ސެޓްތައް ސިފައިން ގެންދިޔައީ 22-25, 27-25, 19-25, 25-20, އަދި 22-20 އިންނެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ އަހުމަދު ނަސީރުއެވެ.
މިރޭގެ މެޗުން މޯލްޑިވިއަން ބަލިވިނަމަވެސް އަދިވެސް އެޓީމަށް ފައިނަލްގެ ޖާގަ އެއްކޮށް ބަންދައް ނުވެއެވެ. މާދަމާ ރޭ ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗު ގައި މޯލްޑިވިއަން އިން ޕޮލިސް ކްލަބާ ދެކޮޅަށް ނިކުންނައިރު އެމެޗު ކާމިޔާބް ކުރާ ބަޔަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ.