މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ ބޮޑެތި ސިޓީތަކުގެ ވައިގެ ކޮލެޓީ ރަނގަޅުވާން ފަށާފައިވާ ކަމަށް އެގައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުގައި އިއްޔެ ބުނީ، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާ އިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޗައިނާގެ ބޮޑެތި 338 ސިޓީއެއްގެ ވައި ސާފު ވެފައިވާ ކަމަށެވެ.

ވައި ތަގައްޔަރުވުމުގެ މައްސަލަ އެންމެ ބޮޑު ޗައިނާގެ ވެރިރަށް ބެއިޖިންގެ ވައިގެ ތެރޭގައި ހުންނަ ނުރައްކާތެރި ޕާޓިކަލަސްގެ މިންވަރު 2.5 ޕީއެމް އިން 1.7 ޕީއެމް އަށް ވަނީ ވެއްޓިފަ އެވެ.

ވައި ސާފުވާން މެދުވެރިވި ސަބަބުތަކެއް އެ މިނިސްޓްރީ އަކުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ވައި ތަގައްޔަރުވުމަށް މެދުވެރިވާ ސަބަބުތަކާއި ކޯލް އެއްދުން މަދުކުރުމަށް ޗައިނާގައި ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ސަރުކާރުން ވަނީ ވައި ތަގައްޔަރުވުން އެގައުމުގައި އެންމެ ބޮޑު އުތުރުގެ ސަރަހައްދުގައި ދެ މަސް ދުވަހުގެ ތަހުގީގެއްކޮށްފަ އެވެ. އަދި މި މަހުގެ އަށް ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވައި ތަގައްޔަރުކުރުން އިތުރުކުރުމުގެ ސަބަބުން ދައުލަތުން ހިންގާ ބައެއް ކުންފުނިތައް ޖޫރިމަނާ ކޮށްފަ އެވެ.

ަމައުލޫމާތު: ރޮއެޓާސް