17 Jul 2016, 22:56
ބަޔާން މިއުނިކްގެ ހޮލެންޑް ފޯވާޑް އާޖެން ރޮބަން އަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ރޮބެން އަށް އަނިޔާވީ ކުރިއަށް އޮތް ސީޒަނަށް ބަޔާން ތައްޔާރުވުމުގެ ގޮތުން ރޭ ލިޕްސްޓެޑްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. 4-3 ގެ ނަތީޖާ އަކުން ބަޔާން މޮޅުވި އެ މެޗުގެ 36 ވަނަ މިނެޓްގައި ރޮބޮންގެ އުކުޅުވަޅަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.
"ރޭގެ މެޗުގައި އަނިޔާވެގެން ރޮބެން ބަދަލު ކުރުމަށް ފަހު ހެދި ޓެސްތްތަކުން ދައްކާ ގޮތުން އޭނާގެ ކަނާއަތުފައިގެ އުކުޅުވަޅަށް ވަނީ އަނިޔާފެވައި. ލަފާ ކުރެވޭ ގޮތުގައި އޭނާ އަށް އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނީ ހަ ހަފްތާ ފަހުން،" ބަޔާން އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރޮބެންގެ އެ އަނިޔާގެ ސަބަބުން އޭނާ އަށް ޕްރީ ސީޒަން އެއްކޮށް ގެއްލި ސްޕަކަޕްގައި ބްރޫސިއާ ޑޯޓްމަންޑްއާ ދެކޮޅަށް ކުޅޭ މެޗާއި ލީގްގައި ބަޔާން ކުޅޭ ފުރަތަމަ ދެ މެޗު ވެސް ގެއްލޭނެއެވެ.
ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޮވަން އާއި ޗެލްސީ އަށް ކުރިން ކުޅުނު ރޮބެން ބާޔާން އަށް ބަދަލުވީ 2009 ވަނަ އަހަރު ރެއާލް މެޑްރިޑުންނެވެ. ބަޔާންގައި ރޮބެން ހޭދަކުރި ފުރަތަމަ ސީޒަނުގައި ޖަރުމަނުގެ މޮޅު ކުޅުންތެރިއާކަން ވެސް ލިބިފައިވަނީ އޭނާ އަށެވެ