17 Jul 2016, 18:34
މަޖީދީމަގު ކުރީގެ އުރީދޫ ހުރި ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ހިންގަމުންދިޔަ ސިޔާސީ ހަރަކާތްތައް ފުލުހުން މިއަދު ހުއްޓުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ސަން އަށް ވިދާޅުވީ ހަވީރު 5:00 އެހައިކަންހާއިރު ގާނޫނީ އިމުގެ ތެރެއިން އެބޭފުޅުން ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނިކޮށް ފުލުހުން އެކަމަށް ހުރަސްއަޅައި ހުއްޓުވާފައިވާ ކަމަށެވެ.

މަހުލޫފް އިސްވެހުރެ ހިންގަމުންދިޔަ ސިޔާސީ ހަރަކާތަށް ފުލުހުން ހުރަސްއަޅަނީ ----
އޭނާ ވިދާޅުވީ މިއަދު ސިޔާސީ ހަރަކާތް ހިންގިއިރު އަޑުގަދާކުރާ ބޭނުންކޮށްފައިނުވާނެ ކަމަށެވެ. ހަމައެކަނި ބޭނުންކޮށްފައި ވަނީ ބެނާއެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މިއަދު ބޭއްވި އެއްވުމުގައި ބޭނުންކުރި ބެނާ އަކީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ފަރާތުން ބާއްވާ ޖަލްސާ އިޝްތިހާރު ކުރުމުގެ ގޮތުން ބޭނުންކުރި ބެނާއެކެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ ބައެއް އަދި ނުލިބެއެވެ.