17 Jul 2016, 12:59
މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)އިން އައްޑޫ ސިޓީއަށް ފެށި ބަސް ދަތުރުގެ އަގުތައް ކަނޑައަޅައިފި އެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިއަދު ސަންއަށް ވިދާޅުވީ ހަފްތާއެއް ވަންދެން ހިލޭ ބަސް ދަތުރުކުރެވޭއިރު އެއަށްފަހު ގަމުން ހިތަދޫއަށް ދިއުމަށް ނަގާނީ 20 ރުފިޔާ ކަމަށެވެ.
މީގެ ކުރިން ޓެކްސީގައި އެ ދަތުރުކުރަން ޖެހޭއިރު ކޮޅަކަށް 100 އަށްވުރެ ގިނަ ރުފިޔާ ނަގައެވެ.

އޮފިޝަލް ވިދާޅުވީ ގަމުން ފޭދޫއަށް 10 ރުފިޔާއަށް ދެވޭއިރު އައްޑޫ ސިޓީގެ ދަތުރުތައް 15 ރުފިޔާއަށް ކުރެވޭނެ ކަމަށެވެ.
ފުވައްމުލަކުގައި މިއަދު ބަހުގެ ހިދުމަތްތައް ފަށާއިރު އަދި އަގުތައް ފައިނަލެއް ނުކުރެއެވެ. އެމްޕީއެލް އޮފިޝަލް ވިދާޅުވީ ފުވައްމުލަކުގައި ވެސް އުޅޭނީ އެ އަގުތައް ކަމަށެވެ.
އައްޑުއަށާއި ފުވައްމުލަކަށް ހިދުމަތް ދިނުމަށް އެމްޕީއެލުން ބޭނުން ކުރަނީ ޒަމާނީ އޭސީ ބަސްތަކެކެވެ.