17 Jul 2016, 01:52
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަމުގައި ފޭކު ''ފޭސްބުކް ޕޭޖެއް'' ބަޔަކު ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އުމަރު މިރޭ ވަނީ އެ ފޭސްބުކް ޕޭޖުގެ ސްކްރީން ޝޮޓެއް ނެގުމަށްފަހު އޭނާގެ ޓުވީޓާ އެކައުންޓުގައި "މިއީ ފޭކް އެފްބީ ޕޭޖެއް" ކަމަށް ވިދާޅުވެފައެވެ.
This is a fake FB page.pic.twitter.com/qcd7oWU0zx
— Umar Naseer (@UmarNaseerPPM)July 16, 2016
އުމަރުގެ އިތުރުންވެސް ސިޔާސީ އެކި ފަރާތްތަކުގެ ނަން މަތީގައި ފޭކް ފޭސްބުކް އެކައުންޓާއި ފޭކް ޓުވީޓާ އެކައުންޓުތައް ހަދައިގެން ބައެއް ފަރާތްތަކުން އަންނަނީ ބޭނުން ކުރަމުން ނެވެ.
އުމަރުގެ ނަމުގައި ފޭސްބުކް ފޭކް ޕޭޖެއް ބަޔަކު ބޭނުން ކުރަމުންދާއިރު، އުމަރު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ދާދިފަހުން އިއުލާނުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ، މަސައްކަތްކުރާނީ ޕީޕީއެމްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށާއި ޕްރައިމަރީއަކަށް ފުރުސަތު ހުޅުވާލައިފިނަމަ ވާދަކުރައްވާނެ ކަމަށެވެ.
ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އުމަރު ވިދާޅުވީ އޭނާ ވާދަކުރައްވާނީ 2023 ގެ ރިޔާސީ އިންތިހާބުގައި ކަމަށެވެ.
އުމަރު ވިދާޅުވިގޮތުގައި، ކުރީގެ ނިންމެވުން އޭނާ ބަދަލުކުރައްވަން ޖެހިވަޑައިގަތީ "ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން" ކަމަށެވެ.