ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ(އެފްއޭއެމް)ގެ ދަރަނީގެ ގޮތުގައި 17.1 މިލިއަން ރުފިޔާ ހުރި ކަމަށް އެ އިދާރާގެ ރައީސް އަހުމަދު ތޯރިގް(ޓޮމް) ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ލަފާކުރާ އެފްއޭއެމްގެ ބަޖެޓް ފާސްކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ޓޮމް ވަނީ 17.1 މިލިއަން ރުފިޔާގެ ދަރަނި ހުރި ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން 2012 ވަނަ އަހަރު 1.1 މިލިއަން ރުފިޔާގައި ދަރަނި ހުރި އިރު، ޖެހިގެން އައި އަހަރު އެ އަދަދު ވަނީ 3.3 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި 2014 ވަނަ އަހަރު 6.3 މިލިއަން ރުފިޔާގައި ދަރިނި ހުރި އިރު 2015 ވަނަ އަހަރު ނިމުނު އިރު ދަރަނި ވަނީ 18.8 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

ނަމަވެސް އެފްއޭއެމްގެ ހިންގުން 2014 ވަނަ އަހަރު ނޮމަލައިޒޭޝަން ކޮމެޓީއާ ހަވާލުކޮށް 2016 ވަނަ އަހަރުގެ މޭ މަހު ނިމުމަކަށް އައި އިރު ދަރަނި ވަނީ 1.7 މިލިއަން ރުފުޔާ ކުޑަވެފަ އެވެ.