ޔޫކްރޭން ގައުމީ ޓީމުގެ ކޯޗަކަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް އަންދުރޭ ޝެވްޗެންކޯ ހަމަޖައްސައިފި އެވެ.

ޔޫކްރޭނުގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފައިވާ ގޮތުގައި، ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ޝެވްޗެންކޯ ހަމަޖެއްސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔޫކްރޭން ގައުމީ ކޯޗުގެ މަގާމަށް ޝެވްޗެންކޯ ހަމަޖައްސާފައި ވަނީ ޔޫރޯ 2016ގެ ދަށް ނަތީޖާއާ ގުޅިގެން މައިހާލޯ ފޮމެންކޯ މަގާމުން ދުރުވުމާ ގުޅިގެންނެވެ. ޔޫރޯގައި ޖަރުމަނާއި، ނޮދަން އަޔަލެންޑް އަދި ޕޮލެންޑާ އެއް ގްރޫޕެއްގައި ޔޫކްރޭން އޮތް އިރު، އެ ޓީމު މުބާރާތާ އަލްވަދާއު ކިޔާފައިވަނީ ޕޮއިންޓެއް ނުލިބި އެވެ.

ފްރާންސްގައި ޔޫކްރޭނުން ޔޫރޯ އަށް ތައްޔާރުވަމުންދިޔަ އިރު، ފޮމެންކޯގެ މުވައްޒަފެއްގެ ގޮތުގައި ޝެވްޗެންކޯ މަސައްކަތްކުރި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ހެޑް ކޯޗުގެ މަގާމަށް ޕްރޮމޯޓުވެފަ އެވެ.

ޝެވްޗެންކޯގެ ފުރަތަމަ މަސްއޫލިއްޔަތަކީ ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ޔޫކްރޭން ކޮލިފައިކޮށްދިނުމެވެ.