16 Jul 2016, 01:58
އައްޑޫ ސިޓީ ސަރަހައްދަށް ކުޑަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ މިރޭ 12:00 ޖަހާކަންހާއިރު އައްޑޫ ސަރަހައްދަށް އައިސްފައި ވަނީ 5.2 ބާރު މިނުގެ ބިންހެލުމެއް ކަމަށެވެ.
އެބިންހެލުމާއެކު އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސުނާމީއެއް ކަހަލަ ކަމެއްވެސް އަދި އެއްވެސް ނުރައްކަލެއްނެތް،" އޮފިޝަލް ވިދާޅުވި އެވެ.
މެޓް އޮފީހުން ބުނީ ކަންބޮޑުވާންޖެހޭނީ 6.0 އަކަށްވުރެ ބާރުގަދަ ބިންހެލުމެއް އައުމުން ކަމަށާއި މިއީ ކަންބޮޑުވާވަރުގެ ބިންހެލުމެއް ނޫން ކަމަށެވެ.