15 Jul 2016, 23:11
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން އިންތިޒާމުކޮށްގެން މާލޭގައި ބާއްވާ ޖަލްސާ، 21 ޖުލައިގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްޔޫއޯއިން މާލޭގައި ޖަލްސާއެއް ބޭއްވުމަށް ފުރަތަމަ ރޭވީ ޖުލައި 14 ވަނަ ދުވަހުގެ ރޭ އެވެ. އެހެން ނަމަވެސް އެރޭ މޫސުން ގޯސްވުމުގެ ސަބަބުން ޖަލްސާ ކެންސަލް ކުރި އެވެ.
އެމްޔޫއޯއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހުލޫފް ވިދާޅުވީ އިއްތިހާދުގެ ޖަލްސާ ޖުލައި 21 ވަނަ ދުވަހު ބާއްވާނެ ކަމަށާއި، ޖަލްސާ ބާއްވާނެ ތަނެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
މަހުލޫފް ވިދާޅުވީ ޖަލްސާ ބާއްވާނެ ތަނެއް ފަހުން އިއުލާނު ކުރާނެ ކަމަށާއި ޖަލްސާ ބޭއްވުމުގެ ހުއްދަ ހޯދަން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވާނެ ކަމަށެވެ.
އަދި މިނިސްޓްރީން ހުއްދަ ދިނަސް ނުވަތަ ނުދިނަސް މި މަހުގެ 21 ވަނަ ދުވަހު ޖަލްސާ ބާއްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
އެމްޔޫއޯއިން ޖުލައި 14 ވަނަ ދުވަހު ބާއްވަން އުޅުނު ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 13 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ދިނެވެ. އެހެން ނަމަވެސް ޖުލައި 14 ވަނަ ދުވަހުގެ ހެނދުނު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީޑިއާއާ ބައްދަލުކުރައްވައި ވިދާޅުވީ ޖަލްސާ ބޭއްވުމަށް ދިން
މިނިސްޓަރު ވިދާޅުވީ ޖަލްސާ ބޭއްވުމުގެ ހުއްދަ ބާތިލުކުރީ އެ ޖަލްސާ ބާއްވަން ތައްޔާރުވަނީ އިދިކޮޅު އިއްތިހާދޭ ކިޔާ "ޣައިރު ގާނޫނީ" ޖަމާއަތަކުން ކަމަށާއި އެހެންކަމުން ޣައިރު ގާނޫނީ ޖަލްސާއަކަށް ވާތީ އެ ހުއްދަ އަނބުރާ ގެންދިޔައީ ކަމަށެވެ.