15 Jul 2016, 19:42
އުރީދޫގެ ފަރާތުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، އާއި ބައްދަލުކުރުމަށް ދޭ ތިން ވަނަ ފުރުސަތު އަބްދުﷲ ޔައުގޫބަށް ލިބިއްޖެއެވެ.
ޔައުގޫބަށް އެފުރުސަތު ލިބުނުކަން ރޭ އިއުލާންކޮށްފައިވާއިރު އޭނާއަށް އެފުރުސަތު ލިބިފައިވަނީ އުރީދޫން ކުރިއަށްގެންދިޔަ "ސްޓޭންޑް ފޯ ގުޑް" ކެމްޕެއިން އިން ހޮވިގެންނެވެ.
މިއީ މެސީއާ ބައްދަލުކުރުމަށް އުރީދޫގެ ފަރާތުން ދިވެއްސަކަށް ދިން ތިންވަނަ ފުރުސަތެވެ.
އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ، އެ ފުރުސަތާއެކު ޔައުގޫބަށް މެސީއާ ބައްދަލުކުރުމުގެ އިތުރުން މެސީއާއެކު ޓްރެއިނިންއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މެސީއަކީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރެވެ. އޭނާ ދަނީ އުރީދޫ އިސްތިހާރު ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ.