މި ދުވަސްވަރަކީ ޔޫރަޕުގެ ފުޓްބޯޅަ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނަށް ޗުއްޓީ ދުވަސްވަރެވެ. އެގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ތަފާތު ތަންތަނަށް ޗުއްޓީ ހޭދަކުރުމަށް ދާއިރު، މި ފަހަރު ގިނަ ތަރިންތަކެއްގެ އެންމެ މަގްބޫލު ތަނަކަށް ވެފައިވަނީ ސްޕެއިންގެ ރަށެއް ކަމަށްވާ އިބިޒާ އެވެ.

އިބިޒާގައި ޗުއްޓީ ހޭދަކުރަމުންދާ ފުޓްބޯޅަ ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އިބިޒާގައި މެސީގެ ޔޮޓުގައި އޭނާ އާއި އޭނާގެ ލޯބިވެރިޔާ ޗުއްޓީ ހޭދަކުރަނީ ---

އިބިޒާގައި އެ ކުޅުންތެރިން ޗުއްޓީ ހޭދަކުރަމުންދާ އިރު، މެސީ އާއި ރޮނާލްޑޯގެ ސަޕޯޓަރުން ދަނީ އެ ދެ ތަރިންގެ އޮޓޯގްރާފް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިބިޒާގައި ޔޮޓްތަކުގައި މެސީ އާއި ރޮނާލްޑޯ ޗުއްޓީ ހޭދަކުރަމުންދާތީ އެ ދެ ތަރިންގެ ސަޕޯޓަރުންގެ އުންމީދުތަކަށް ވަނީ ހުރަސް އެޅިފަ އެވެ.

އިބިޒާގައި ރޮނާލްޑޯގެ ޗޮޓުގައި އޭނާ އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކުރަނީ ---

ރޮނާލްޑޯގެ އަސްޗުރާއީ އާއި މެސީގެ ސެވަން ސީ ޔޮޓްގައި ގިނަ ވަގުތު އެ ދެ ތަރިން ވަގުތުތައް ހޭދަކުރަމުންދާ އިރު، އިބިޒާގައި ޗުއްޓީ ހޭދަކުރަމުންދާ އެހެން ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި އަލްވާރޯ މޮރާޓާ އާއި، ކޮކޭ އާއި، ލޫކަސް ވަޒްކޭޒް އާއި، ޔޯޑީ އަލްބާ އަދި ސެސް ފެބްރިގާސް ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ދަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރަމުންނެވެ.