15 Jul 2016, 15:32
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ހޯދި "ޕޮކެމޮން ގޯ" ގޭމުގެ އަވައިގައި ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން ޖެހިއްޖެ އެވެ.
ޔޫރޯ 2016ގައި ފްރާންސް ގައުމީ ޓީމާއެކު ފައިނަލުގައި ގްރީޒްމަން ކުޅުނު ނަމަވެސް، ޕޯޗުގަލް އަތުން ވަނީ ބަލިވެފަ އެވެ.

ޔޫރޯގެ އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ހޯދި ގްރީޒްމަން، ޕޮކެމޮން ގޯ ކުޅޭކަން އަންގައިދީފައިވާ އިރު، އޭނާ އަކީ ފީފާ އަދި ފުޓްބޯޅަ މެނޭޖަރު ފަދަ ގޭމުތައް ކުޅުމުގައި ވެސް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ.
ޕޮކެމޮން ގޯ ނެރުނުތާ ހަފްތާއެއްގެ ތެރޭގައި އެ ގޭމު ވަނީ އެންމެ މަގުބޫލު ގޭމިން އެޕްލިކޭޝަންތަކުގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފަ އެވެ. އެ ގޭމަކީ ވަށައިގެންވާ ތަންތަން ބަލައި ފާހަގަކޮށްފައިވާ ތަންތަނަށް ގޮސް، ޕޮކެމޮން ހިފައި ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ ގޭމެކެވެ.