ރާއްޖޭގެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ބަސް ދަތުރުގެ ޚިދުމަތް އިފްތިތާހު ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު މިއަދު އެ ދެ އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އެގޮތުން މިއަދު ހެނދުނު ނައިބު ރައީސް ޖިހާދު ވަޑައިގެންފައި ވަނީ އައްޑޫ ސިޓީއަށެވެ.

އެ ދެ އަތޮޅުގައި ބަސް ދަތުރުގުގެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. މީގެ ކުރިން ބަސް ދަތުރުގެ ޚިދުމަތް އެ ދެ އަތޮޅުގައި ދެމުން އައީ އެމްވީކޭ މޯލްޑިވްސްއިންނެވެ. ނަމަވެސް އެ ކުންފުނީގެ ޚިދުމަތް ރަނގަޅު ނޫން ކަމުން ފަހުން އެ ޚިދުމަތް ދިނުމަށް ހަވާލުކުރީ އެމްޕީއެލްއާ އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ފެރީގެ ޚިދުމަތް ވެސް ދޭން ވަނީ އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ.

ނައިބު ރައީސް ޖިހާދުގެ މި ދަތުރުފުޅަކީ، ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.