ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް އެލެގްޒެންޑާއަކީ މީހުން މަރައި، އަންހެނުން ރޭޕު ކުރާ ވަގެއް ކަމަށް ފޭސްބުކްގައި ލިޔުނު މީހަކު އެއް މަސް ދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ނެދަލެންޑްސްގެ އޮވަރިސެލްގެ ކޯޓަކުން، 44 އަހަރުގެ ފިރިހެން މީހާ 30 ދުވަހަށް ޖަލަށް ލާން ހުކުމް ކުރީ ޝާހީ އާއިލާގެ އަބުރާ ބެހުމާ ބެހޭ ގޮތުން އެ ގައުމުގައި ހެދިފައިވާ ގާނޫނާ ޚިލާފުވި ކަމަށް ނިންމާފަ އެވެ.

އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރި އިރު 16 ދުވަސް ވަންދެން އޭނާ ހައްޔަރުގައި ހުރި ކަމުން، އޭނާގެ 30 ދުވަހުގެ ޖަލު ހުކުމުން 14 ދުވަސް މަދު ކުރުމަށް ފަހު، އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 16 ދުވަސް ކަމަށް ކޯޓުން ނިންމާފައިވެ އެވެ.

ކޯޓުން ބުނި ގޮތުގައި، ޖަލަށް ލެވުނު މީހާ ވަނީ، ހުކުމް ތަންފީޒު ކުރުމުގެ ގޮތުން މަރާލާފައިވާ މީހުންގެ ހަށިގަނޑަށް ރަސްގެފާނުގެ އިސްތަށިފުޅު ފޮޓޯޝޮޕްކޮށް ލައިފަ އެވެ.

"މިފަދަ އަމަލުތަކަކީ މުޖުތަމައުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫން. މިކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ،" ކޯޓުން ބުނެފައިވެ އެވެ.