ރާއްޖޭގެ ގެސްޓްހައުސް ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުކުމުގެ ފުރުސަތު ހޯދައިދިނުމަށް، މޯލްޑިވްސް ގެޓްއަވޭޒްއިން ބާއްވާ "ގެސްޓްހައުސް ކޮންފަރެންސް 2016" ގެ ޓެލެކޮމް ޕާޓްނަރުކަމަށް ދިރާގު ހަމަޖައްސައިފި އެވެ.

ގެސްޓްހައުސް ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ވިލާ ކޮލެޖްގަ އެވެ.

ދިރާގުގެ ފަރާތުން ޓެލެކޮމް ޕާޓްނަރކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރ އިޒަބެލް ހަޖްރީ އަދި ދިރާގުގެ މެނޭޖަރ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހައްމަދު މިރުޝާން ހަސަން އެވެ.

މޯލްޑިވްސް ގެޓްއަވޭޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމީމް އަބްދުލްރައްޒާގާއި ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރ ޑރ ސަނީ އުމަރެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ ދިރާގަކީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ވިޔަފާރިތަކަށް ހުރިހާ ދާއިރާއަކުްނ ވެސް އެއްބާރުލުން ދީގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި، ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގައި އެންމެ ކުރިއަރަމުްނ އަންނަ އެއް ސިނާއަތަށް ވާއިރު އެ ވިޔަފާރިތައް ކުރިއަރާނެ ފުރުސަތުތައް ޓެކްނޮލޮޖީގެ ތެރެއިން ހޯދައިދޭން ދިރާގުން މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން، ގެސްޓްހައުސް ވިޔަފާރިތަކަށް ޚާއްސަ އިންޓަނެޓު ޕެކޭޖުތަކެއް ދިރާގުން ވަނީ ދާދި ފަހުްނ ތައާރަފު ކޮށްފަ އެވެ. ދިރާގުން ބުނަނީ ކުދި ވިޔަފާރިތަކަށް އެފަދަ ފުރުސަތުތައް ހުޅުވާލުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.