14 Jul 2016, 14:02
ރ. މަޑުއްވަރީގައި ސައިކަލެއް ރޯކޮށްލި ކަމުގެ ތުހުމަތުގައި އެ ރަށުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އެ ރަށުގައި ސައިކަލެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ އެވެ. ރޯކޮށްލާފައި ވަނީ އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތަސްލީމްގެ ސައިކަލުގައި ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާ 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެކެވެ.
ސައިކަލުގައި ރޯކޮށްލުމުގެ ސަބަބުން ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން ސައިކަލް ބަހައްޓާފައި ހުރި ގޭގެ ޑެގަށާއި ބައެއް ދޮރުތަކުގެ ބިއްލޫރިތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.