14 Jul 2016, 09:50
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު، ރޭ މަރުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސުން ބުނީ ރޭ މަރުވި ގައިދީއަކީ ސ. މަރަދޫ ލިލީގޭ އިބްރާހިމް ނާޒިހް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 11:30 ހާއިރު ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ. ނަމަވެސް އޭނާ މަރުވީ ކޮން ބައްޔަކާ ގުޅިގެން ކަމެއް ކަރެކްޝަނަކުން ނުބުނެ އެވެ.
ކަރެކްޝަނުން ބުނީ އޭނާ އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
ރޭ މަރުވި ނާޒިހަކީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.