ކުޑަ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ގއ. ގެމަނަފުށިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި 36 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމާ އެކު 14 އަހަރުގެ އެ އަންހެން ކުއްޖާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި ޑޮކްޓަރުގެ ރިޕޯޓު މިހާރު ވަނީ ގެމަނަފުށީ ޕޮލިސްޓޭޝަނާ ހިއްސާކޮށްފަ އެވެ.