13 Jul 2016, 15:30
ހަތަރު ލައްކަ ރުފިޔާގެ އަގުހުރި އިނާމުތަކަކާ އެކު، އުރީދޫ އިން ކުޅިވަރާ ގުޅޭ ކުއިޒެއް ފަށައިފި އެވެ.
އުރީދޫ ސްޕޯޓްސް ފްރެންޒީގެ ނަމުގައި ކުރިޔަށް ދާ މި ކުއިޒަކީ ތިން މަސް ދުވަހަށް ދެމިގެންދާ މި ކުއިޒެކެވެ. އެސްއެމްއެސް މެދުވެރިކޮށް ކުރިޔަށްދާ މި ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ކޮންމެ ކަސްޓަމަރަކަށް ވެސް އޮވެ އެވެ.
އުރީދޫ އިން މައުލޫމާތު ދޭ ގޮތުގައި މި ކުއިޒްގައި ބައިވެރިވެ، އެސްއެމްއެސް ކުރާ ކޮންމެ ރަނގަޅު ޖަވާބަކަށް 100 ޕޮއިންޓު ލިބޭނެ އެވެ. އަދި ޖަވާބު ނުބައިވި ނަމަވެސްދޭ ކޮންމެ ޖަވާބަކަށް 50 ޕޮއިންޓު ލިބެ އެވެ.
އުރީދޫ އިން ބުނީ ކުއިޒުގައި ބަިއވެރިވުމަށް ކަސްޓަމަރުން ޖެހޭނީ ‘GO’ ޖެހުމަށް ފަހު 4242 އަށް އެސްއެމްއެސްއެއް ކުރާށެވެ.
ކޮންމެ ދުވަހަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ފަސް ބައިވެރިއަކަށް 500 އެމްބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ. އަދި ކޮންމެ ހަފްތާއަކު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ނަސީބުވެރިއަކަށް އައިފޯން އެސްއީއެއް ލިބޭނެ އެވެ.
ކޮންމެ މަހަކު އެންމެ ގިނަ ޕޮއިންޓް ހޯދާ އެއް ބައިވެރިއަކަށް ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެއް ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
ސްޕޯޓް ޕްރެންޒީ އާއިބެހޭ އިތުރު މައުލޫމާތު ‘HELP’ ޖައްސަވާފައި 4242 އަށް އެސްއެމްއެސް ކުރެއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. އަދި އުރީދޫ ވެބްސައިޓް ooredoo.mv އިން ވެސް މި މައުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ.
މިކުއިޒްގައި 13 އޮކްޓޯބަރު 2016ގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.