02 May 2010, 15:48
19:00
މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ޑރ.ޝީނާ މޫސާ އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ ޑރ. ޝީނާ މިއަދު ވިދާޅުވީ އޭނާ އެމަގާމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށާއި އަދި އެ ވާހަކަ އިތުރަށް ދައްކަވަން ބޭނުންނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ޑރ. ޝީނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާފަ އެވެ.