ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ލީޑިން ޓީޗަރު ހުސައިން އަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފުލުހުން އެ މައްސަލަ އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"ޕީޖީ އޮފީހުން އަންނަނީ އެ މައްސަލަ ދިރާސާ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ޝަރީއަތަށް ސާބިތުވެ އެކަމުގައި ކުށްވެރިވާ މީހުން ދިގުމުއްދަތަކަށް ޖަލަށްލުމަށް މިދިޔަ އަހަރު ކުޅުދުއްފުށީ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި މިއަހަރުވެސް އެފަދަ ބައެއް މައްސަލަތައް ސާބިތުވެ ދިގު މުއްދަށް އެކަމުގައި ކުށްވެރިވާ މީހުން ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.