13 Jul 2016, 11:31
މާލޭގެ ގެއަކުން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އާށް ވިދާޅުވީ ގަލޮޅު ބަނަފްސާ މަގުގެ ގެއަކުން މަރުވެފައި އޮތް ބިދޭސީއަކު ފެނިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 10:00 ހާ އިރު އެ ރިޕޯޓު ލިބިފައިވާ އިރު، މަރުވެފައި އޮއްވާ ފެނިފައި ވަނީ 35 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ކަމަށެވެ.
އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.