13 Jul 2016, 11:30
ވޮޝިންޓަން (ޖުލައި 13): އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ކަމަށް ހިލަރީ ކްލިންޓަންއާ ވާދަ ކުރައްވަމުން ގެންދެވި ބާނީ ސޭންޑާސް، ހިލަރީއަށް ތާއިދު ކުރައްވަން ނިންމަވައިފި އެވެ.
ހިލަރީ އާއި ސޭންޑާސް އެއްކޮށް ބޭއްވި ކެމްޕެއިން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ސޭންޑާސް ވިދާޅުވީ ހިލަރީ އަށް ތާއިދު ކުރައްވަން ނިންމެވީ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީ ހިލަރީ ކާމިޔާބު ކުރެއްވުމުން ކަމަށެވެ.
"ސެކްރެޓަރީ ކްލިންޓަން ވަނީ ޑިމޮކްރަޓިކް ނޮމިނޭޝަން ކާމިޔާބު ކުރައްވާފައި އަދި އެކަމަށް އަޅުގަނޑު މަރުހަބާ ކިޔަން. އެމެރިކާގެ ރައީސް ކަމަށް ކްލިންޓަން ގެނައުމަށް ޓަކައި އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން،" ސޭންޑާސް ވިދާޅުވި އެވެ.
އަދި އެރެލީގައި ވާހަކަފުޅު ދައްކަވަމުން ހިލަރީ ކްލިންޓަން ވަނީ ދެބޭފުޅުން އެއްކޮށް މަސައްކަތް ކުރެއްވުމުން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު، ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ހޯދަން ފަސޭހަ ވާނެ ކަން ފާހަގަ ކުރައްވައިފަ އެވެ.
ސޭންޑާސްގެ ނިންމެވުމާ ގުޅިގެން ޓްރަމްޕް ވަނީ އޭނާ އަށް ފާޑު ވިދާޅުވެފަ އެވެ. އަދި ސޭންޑާސް ވަނީ ހިލަރީއަށް "ވިކިފައި" ކަމަށް ތުހުމަތު ކުރައްވާފަ އެވެ. (ސީއެންއެން)