12 Jul 2016, 16:21
އާސެނަލްގެ ލެޖެންޑް ތިއޮރީ އޮންރީއަށް އާސެނަލްގެ ޒުވާން ޓީމުގެ ކޯޗުކަން ކުރަން ލިބުނު ފުރުސަތަށް އެ ކުލަބުގެ ހެޑް ކޯޗު އާސެން ވެންގާ ހުރަސް އަޅައިފި އެވެ.
އާސެނަލް އާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، މިހާރު އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށް ސްކައި ސްޕޯޓްސްގެ ކުޅިވަރު އެނަލިސްޓަކަށް މަސަތްކަތް ކުރަމުންދާ އޮންރީއަށް ވަނީ އާސެނަލްގެ 18 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ހުށަހަޅާފައެވެ. ނަމަވެސް މުސާރަ އަކާ ނުލައި ހިލޭ ސާބަހައް އާސެނަލް އާ އެކު މަސަތްކަތް ކުރުމަށް ކެތް މަދުވެފައިވާ އޮންރީގެ ހުވަފެންތަކަށް ވެންގާ ވަނީ ހުރަސް އަޅާފައެވެ.
ޒުވާން ޓީމްގެ ހެޑް ކޯޗު އަންދްރޭސް ޖޮންކާގެ ހުށަހެޅުމަށް ވެންގާ ވަނީ ދެކޮޅުހަދައި އެސިސްޓެންޓް ކޯޗަކަށް ގެންނަ ފަރާތަކީ ފުލްޓައިމް ކޮށް މަސަތްކަތް ކުރެވޭނެ މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައެވެ.
އެހެންކަމުން މިހާރު ޔުއެފާ ޕްރޯ ލައިސެންސް ވެސް ފުރިހަމަ ކުރަމުންދާ އޮންރީ އޭ ލައިސެންސް ނެގުމުގު ކުރިން އަމަލީ ތަޖްރިބާ ހޯދުމަށް އެހެން ކުލަބަކުން ފެނުމަކީ ވެސް އެކަށީގެންވާ ކެމެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވެންގާ ވަނީ އޮންރީ އެ ކުލަބުގެ ކޯޗިން ސްޓާފުންގެ ތެރެއަށް ގެނައުމަށް ދެކޮޅު ވެސް ހަދާފައެވެ. ސަބަބެކަށް ވަނީ އޮންރީގެ ސަބަބުން ވެންގާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވުމެވެ.