ގއ. ގެމަނަފުށީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، 14 އަހަރުގެ މި އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތެރޭގައި ޖިސްމާނީ އަނިޔާވެސް ކޮށްފައި ވެ އެވެ.