12 Jul 2016, 09:29
ދިވެހިރާއްޖެ އަށް ޖަރުމަނު ވިލާތުގެ އިންވެސްޓަރުން އިތުރަށް ހޯދޭނެ ގޮތްތަކާ މެދު، ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެބޭފުޅުން މަޝްވަރާ ކުރައްވައިފި އެވެ.
ޖަރުމަނު ވިލާތުން ސްރީލަންކާއަށާއި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޔުރުގެން މޯހާޑް ރައީސް ޔާމީންގެ އަރިހަށް އިއްޔެ ހެނދުނު ވަނީ ވަދާއީ ޒިޔާރަތް ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްޤީ އަށް ބޭނުންވާ އެހީތެރިކަން ހޯދެއްވުމަށާއި ޖަރުމަނުގެ ފަރާތުން ދިވެހިރާއްޖޭގެ ތިމާވެށި ތަރައްގީ ކޮށްދިނުމަށް ޓަކައި އަބަދުވެސް ވެދެއްވާ އެހީތެރިކަމަށް ޖަރުމަނުގެ ސަފީރު ޔުރުގެން މޯހާޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދަން ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާ ކުރެއްވި އެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދުމުގެ މުހިންމުކަމާމެދު ދެބޭފުޅުން ވާހަކަ ދެއްކެވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ، ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދުމަށް ގެންގުޅޭ ސިޔާސަތުތަކާއި ކުރާ މަސައްކަތްތައް ޖަރުމަނު ސަފީރާ ހިއްސާ ކުރައްވައިފަ އެވެ.
ދިވެހި ސަރުކާރުން ދާދި ފަހުން ވަނީ ޖަރުމަނުގައި އެވެ.