ފަނަރަ ޖީބީގެ ޑޭޓާ އެލަވަންސަކާ އެކު ދިރާގުން މުޅިން އާ ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފު ކޮށްފި އެވެ.

ސްމާޓް ޕްރީމިއަމް ޕްލަސްގެ ނަމުގައި ދިރާގުން މިއަދު ތައާރަފު ކުރި މި ޕެކޭޖުގެ މަހު ފީ އަކީ 999 ރުފިޔާ އެވެ.

މި ޕްލޭނުގެ ދަށުން ދިރާގު އަދި އުރީދޫގެ ނަމްބަރުތަކަށް ގުޅުމަށް ހިލޭ 5،000 މިނިޓުގެ އެލަވަންސެއް ލިބެ އެވެ. އަދި ހިލޭ ގުޅޭނެ ތިން ނަމްބަރެއް ވެސް ސިލެކްޓް ކުރެވޭނެ އެވެ. މީގެ އިތުރުން ދިރާގު ނަމްބަރުތަކަށް ކުރުމަށް ހިލޭ 3،000 އެސްއެމްއެސް ވެސް ލިބެ އެވެ.

މީގެ އިތުރުން ޑޭޓާ އެލަވަންސްގެ ގޮތުގައި 15 ޖީބީގެ ޑޭޓާ ލިބޭ އިރު، ބޭރުގެ ކޮންމެވެސް އެއް ގައުމަކަށް ގުޅުމަށް 50 ޕަސަންޓު ޑިސްކައުންޓް ލިބެ އެވެ.

ދިރާގުން ބުނީ މިއީ ދިރާގުގެ ޕްރީމިއަމް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ތައާރަފު ކުރި ޕެކޭޖެއް ކަމަށެވެ.

މި ޕެކޭޖާ އެކު ދިރާގުގެ ޕޯސްޓްޕެއިޑުން ޖުމްލަހަ ޕޯސްޓްޕެއިޑް ޕްލޭނެއްކަސްޓަމަރުންނަށް ހުށަހަޅަ އެވެ.