ފަތުރުވެރިކަމާއި ދަތުރުފަތުރާ ބެހޭ ގޮތުން މައުލޫމާތު ހިމެނޭ ވެބްސައިޓް "ޓްރިޕް އެޑްވައިޒާ"އިން ދޭ ސެޓްފިކޭޓް އޮފް އެކްސެލެންސް، ސަން އަކުއާ ވިލު ރީފަށް ލިބިއްޖެ އެވެ.

މި ސެޓްފިކެޓަކީ، ދަތުރުވެރިން ޓްރިޕް އެޑްވައިޒާގައި ދޭ ރިވިއުތަކަށް ބަލާފައި، އެ ވެބްސައިޓުން ދޭ ސެޓްފިކެޓެކެވެ. މި ސެޓްފިކެޓުން ފާހަގަ ކުރަނީ އެތަނެއްގެ މެހެމާންދާރީގެ ފުރިހަމަ ކަމެވެ.

ޓްރިޕް އެޑްވައިޒާގެ އިންޑަސްޓްރީ މާކެޓިންގް ވައިސް ޕްރެޒިޑެންޓް ހެދާ ލައިޒްމަން ވިދާޅުވީ، ޓްރިޕް އެޑްވައިޒާގެ ސެޓްފިކެޓް އޮފް އެކްސެލެންސަކީ، ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި އެންމެ ރަނގަޅު ރިވިއުތައް ލިބޭ ފަރާތްތައް ޝަރަފުވެރި ކުރުވުމަށް ދޭ ސެޓްފިކެޓެއް ކަމަށެވެ.

"މި ރިކޮގްނިޝަނުގެ ސަބަބުން، ފަތުރުވެރިންނަށް އެނގޭނެ އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދޭ ރިސޯޓުތައް. އެމީހުންނަށް ފަސޭހަ ވާނެ ރިސޯޓެއް ޗޫޒް ކުރުމުގައި،" ހެދާ ލައިޒްމަން ވިދާޅުވި އެވެ.

އަދި ފަތުރުވެރިންނަށް އެންމެ ރަނގަޅު މަންޒިލްތައް ހޯދައިދިނުމުގައި މެދުވެރިއެއްގެ ރޯލު ކުޅެވޭތީ އެކަމާ އުފާކުރާ ކަމަށް ވެސް ޓްރިޕް އެޑްވައިޒާ އިން ވަނީ ބުނެފަ އެވެ.

ޓްރިޕް އެޑްވައިޒާގެ ސެޓްފިކޭޓް އޮފް އެކްސެލެންސް ލިބެނީ، 12 މަސް ދުވަހުގެ މުއްދަތަކަށް، ފަތުރުވެރިންގެ ރިވިއުތަކަށް ބެލުމަށް ފަހު އެވެ. މި ސެޓްފިކެޓަށް ކޮލިފައި ވަނީ 12 މަސް ދުވަސް ވަންދެން، ޓްރިޕް އެޑްވައިޒާ ރޭޓިންގްސްގައި ފަސް ތަރީގެ ތެރެއިން މަދުވެގެން ހަތަރު ތަރީގެ ރޭޓިންގް ހިފެހެއްޓިއްޖެ ނަމަ އެވެ.