11 Jul 2016, 14:38
ގއ. މާމެންދޫ ސްކޫލުގައި ތިން ބުރީގެ އާ އިމާރާތެއް އަޅަން އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އަޒްރޯވާ އަށް މަސައްކަތް ހަވާލުކޮށްފައި ވަނީ 7.9 މިލިއަން ރުފިޔާ އަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާމެންދޫ ސްކޫލް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަންގެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއީލް އެވެ. އަޒްރޯވާ ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖަރު މުހައްމަދު ތައުފީގެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، އެޅުމަށް ހަމަޖެހިފައި ނުވަ ކްލާސްރޫމު ހިމެނޭ ތިން ބުރީގެ އިމާރާތެކެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރާތާ 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.
މާމެންދޫ ސްކޫލުގައި އާ އިމާރާތެއް އަޅަން ހަވާލުކޮށްފައި މިވަނީ، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށެވެ.