11 Jul 2016, 14:30
ކޮލަމްބޯ (ޖުލައި 11): ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި އެވެ.
ލަންކާ ފުލުހުންގެ ފައިނޭންޝިއަލް ކްރައިމްސް އިންވެސްޓިގޭޝަންސް ޑިވިޝަން (އެފްސީއައިޑީ)ން ނަމާލް މިއަދު ހައްޔަރުކޮށްފައި ވަނީ ހިޔާނާތުގެ މައްސަލައެއްގަ އެވެ. އެމައްސަލައާ ބެހޭ ގޮތުން ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ނަމާލް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ލަންކާގެ ޑެއިލީ ނިއުސްގައިވާ ގޮތުން ނިމާލް ހައްޔަރު ކޮށްފައި ވަނީ ރަގްބީ މުބާރާތެއް ސްޕޮންސާ ކުރުމަށް އިންޑިއާގެ ކްރިޝް ކުންފުނިން ދިން 70 މިލިއަން ރުޕީސް (ފަސް ލައްކަ ވަރު ޑޮލަރު) އަމިއްލަ ބޭނުމަށް ބޭނުން ކުރި ކަމުގެ ތުހުމަތުގަ އެވެ.