11 Jul 2016, 13:40
އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ ނެޓްބޯޅަ ޓީމު ބުރުނާއީއަށް ފުރައިފި އެވެ.
ރޭގެ ވަގުތެއްގައި ބުރުނާއީ އަށް ފުރި ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި، ގައުމީ ޓީމު ބުރުނާއީގެ ގައުމީ ފެންވަރުގެ ފަސް ކްލަބަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ.
އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރޭ ފުރި ގައުމީ ނެޓްބޯޅަ ޓީމުގައި ހިމެނެނީ 16 ކުޅުންތެރިންނާއި ފަސް އޮފިޝަލުންނެވެ.
ބުރުނާއީ އަށް ފުރި ޓީމުގައި ހިމެނޭ ކުޅުންތެރިން:
އަނާން އަލީ ރަޝީދު
- ޝަމްލާ އަލީ
- އައިމިނަތު ރަބާބް އިބްރާހިމް
- ފާތިމަތު މަލްހާ އިސްމާއިލް
- އައިޝަތު ނައުމާ ނާޒިމް
- އައިމިނަތު ލީލާ
- ފާތިމަތު ނައުފާ
- އައިޝަތު ހަނާން ހުސައިން
- އައިޝަތު އަނާން އަނިލް
- އަދާ އާމިރު
- ފާތިމަތު އުލްފާ އަބްދުލް ޝުކުރޫ
- ރާޝިދާ މޫސާ
- އައިޝަތު ލޫނާ މޫސާ
- ސާރާ އަބްދުލް ބާރީ
- އީމާ އަބްދުލް ސައްތާރު
- އުމައިމާ ވަހީދު
އޮފިޝަލުން:
ފަޒްނާ ޖަލީލް (ކޯޗު)
- އާސިމާ އާދަމް (އެސިސްޓަންޓް ކޯޗު)
- އައިމިނަތު މުނައްވަރާ (މެނޭޖަރު)
- ސުއިޒާ ރާފިއު (އެސިސްޓަންޓް މެނޭޖަރު)
- މާދިހު އިސްމާއިލް (މެޑިކް)