އެޖެންޑާ ކުރާނެ ކަމެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެ ދުވަހު މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލިސް ދެން އޮންނާނެ ތާރީހެއް ވެސް ރިޔާސަތުން އިއުލާނެއް ނުކުރެ އެވެ. ރައްޔިތުން މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ހޯމަ އަންގާރަ އަދި ބުދަ ދުވަހު ބާއްވަން ޖެހެ އެވެ.

އެޖެންޑާ ކުރާނެ ކަމެއް ނެތުމުން މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބާއްވާ އިރު މިހާރު ވެސް ކޮމެޓީ މަރުހަލާގައި 13 މައްސަލައެއް އެބަ އޮތެވެ. އޭގެ ތެރޭގައި 2014 ވަނަ މެމްބަރުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް މައްސަލަތައް ވެސް އެބަހުއްޓެވެ.