10 Jul 2016, 22:38
ފިތުރު ޢީދާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ބައިބަލާ އެސޯސިއޭޝަނުން ބާއްވަމުން އަންނަ ބައިބަލާ މުބާރާތުގެ ތެރެއިން މިރޭ ހިނގި ހަމަނުޖެހުމަކާ ގުޅިގެން، އެ މުބާރާތް މެދުކަނޑާލައިފި އެވެ.
މުބާރާތް މެދުކަނޑާލާފައި ވަނީ އެސޯސިއޭޝަނުން ވަކި އެއްޗެއް އަންގަންދެނެވެ.
ހަމަނުޖެހުން ހިނގާފައި ވަނީ މިރޭ ކްލަބް ޓީނޭޖް އަދި އަދި ބީޖީ ސްޕޯޓްސް ކުޅުނު މެޗު ނިމުނު ހިސާބުންނެވެ. މެޗު ނިމުނު އިރު ކުރީގައި އޮތީ ބީޖީ އެވެ.

ބައިބަލާ މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރި ވަނީ: ހަމަނުހުމާ ގުޅިގެން މުބާރާތް ވަނީ މެދުކަނޑާލާފައި. މުބާރާތް ދެން ކުރިއަށް ގެންދާނީ އެސޯސިއޭޝަނުން ވަކި އެއްޗެއް އެންގުމުން -- ސަން ފޮޓޯ
މެޗު ނިމުނުކަން އެންގުމަށް ރެފްރީ ކަށިގަނޑު ފުމެލުމާއެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވަނީ ކޮންމެސް ވަރެއްގެ ދެބަސްވުމެއް ހިނގައިފަ އެވެ. ނަމަވެސް ދެބަސްވުން ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވެގެން ދިޔައީ ދެ ޓީމުގެ ސަޕޯޓަރުން ރިންގުގެ ތެރެއަށް ވަނުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބައިބަލާ ކުޅޭ ސަރަހައްދުގައި ހަމަނުޖެހުމެއް ހިނގައިގެން ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. މިހާރު މެޗުގައި ހިނގި ހަމަނުޖެހުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.
ނަމަވެސް މުބާރާތް ދެން ކުރިއަށް ދާނީ އެސޯސިއޭޝަނުން ވަކި އެއްޗެއް އެންގުމުންނެވެ.