ހދ. ކުމުންދު އަށް އީދު ޗުއްޓީއަށް ގޮސް އުޅުނު ޒުވާން ފިރިހެން ކުއްޖަކު މާވަހަރެއް ކަމަށްބެލެވޭ 47 ކިލޯގެ އެއްޗެއް ހޮވައިފި އެވެ.

ކުމުންދޫ މީހަކާ އިނދެގެން އުޅޭ މާލެއަށް ނިސްބަތްވާ އެ ޒުވާނާ މިއަދު ސަން އަށް ބުނީ އޭނާ އަށް އެ މާވަހަރު ފެނިފައި ވަނީ އިއްޔެ ހެނދުނު 9:00 ޖަހާކަންހާއިރު ދަރިފުޅު ގޮވައިގެން މޫދު ބަލާލަން ގޮސް އުޅުމުގެ ތެރޭގައި އެ ރަށު ބޮޑުމަގު އަތިރިން ކަމަށެވެ.

ކުމުންދޫ ކައުންސިލް އިން ވެސް ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ކަޅުކުލައިގައި އޮތް މާވަހަރުގައި 47 ކިލޯ ހުރި އިރު އެބެލި އެންމެން ވެސް އެއީ މާވަހަރެއްކަން ޔަގީންކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިރަށުގައި މިތިބޭ އެންމެން ވެސް އޭތި ބަލާފައި މިބުނަނީ މިއީ މާވަހަރެކޭ، މިހާރު މިއުޅެނީ ޓެސްޓްތައް ހަދައި ބޮޑަށް ޔަގީން ކުރަން." އެޒުވާނާ ބުންޏެވެ.

އޭނާ ބުނީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ މާވަހަރެއްކަން ޔަގީން ކުރުމާ އެކު އޭތި ވިއްކާލުން ކަމަށް އޭނާ ބުންޏެވެ.