މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ޝެޑޯ ކެބިނެޓަށް އިތުރު ފަސް މަގާމު އުފައްދައި، އެ މަގާމުތަކަށް މީހުން ހަމަޖައްސައިފި އެވެ.

އެމްއޯޔޫއިން ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، އުފައްދާފައިވާ ފަސް މަގާމަކީ ޝެޑޯ ކެބިނެޓު ސެކްރެޓަރީ، މީޑިއާ ސެކްރެޓަރީ، ޕްރެސް ސެކްރެޓަރީ، ފޮރިން ސެކްރެޓަރީ އަދި ޗީފް އޮފް ސްޓާފެވެ.

އެމްޔޫއޯގެ ޝެޑޯ ކެބިނެޓް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ. ޕްރެސް ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައި ވަނީ އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި މުހައްމަދު ޒުހައިރެވެ.

އަދި އެމްޔޫއޯގެ މީޑިއާ ސެކްރެޓަރީގެ މަގާމަށް ހަމަޖައްސާފައި ވަނީ އެމްޑީޕީ މާލެ ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީނެވެ. އަކްރަމް މިއަދު ވަނީ އޭނާގެ ޗެއާމަންކަމުގެ ދަށުން ހިންގަމުން އައި އެ ޓީވީ ހިންގާ ކުންފުނީގައި އޮތް އޭނާގެ ހިއްސާ ވެސް ދޫކޮށްލާފަ އެވެ.

މީގެ އިތުރުން އެމްޔޫއޯއިން އެ އިއްތިހާދުގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އުމަރު އަބްދުލްރައްޒާގެވެ. އަދި ޗީފް އޮފް ސްޓާފްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މުހައްމަދު މަނިކެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފެއްދި ދުވަހު އެ އިއްތިހާދުގެ ފަރާތުން ވަނީ ޝެޑޯ ކެބިނެޓެއް އިއުލާން ކޮށްފަ އެވެ.

ޝެޑޯ ކެބިނެޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި

  • ހޯމް މިނިސްޓަރ: އަޙްމަދު ތަސްމީން ޢަލީ

  • ޓްރޭޑް އެންޑް ޓްރާންސްޕޯޓު މިނިސްޓަރ: އާދަމް އާޒިމް
  • އެންވަޔަރަމަންޓް، ވޭސްޓް މެނޭޖްމަންޓް އެންޑް ކްލީން އެނަރޖީ މިނިސްޓަރ: މުޙައްމަދު އަސްލަމް
  • ޖުޑީޝަލް ރިފޯމް މިނިސްޓަރ: ހިސާން ހުސައިން
  • ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ: އަަޙްމަދު ނަޝީދު
  • އެޑިއުކޭޝަން މިނިސްޓަރ: ޝިފާ މުޙައްމަދު
  • ފިނޭޏްސް މިނިސްޓަރ: މުޙައްމަދު ޝިހާބު
  • ޑިފެންސް މިނިސްޓަރު: ޢަބްދުﷲ އަމީން
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރ: މުސްތަފާ ލުތުފީ
  • ޔޫތު މިނިސްޓަރ: މުހައްމަދު ޝިފާޒް
  • އިސްލާމިކް މިނިސްޓަރު- ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ
  • ސިވިލް ރައިޓްސް މިނިސްޓަރު: ހަސަން ލަތީފް
  • ލޯކަލް ގަވަމަންޓް އެންޑް ޑީސެންޓްރަލައިޒޭޝަން މިނިސްޓަރު: ގައިސް ނަސީރު
  • ހެލްތު،ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑާ: ޝިދާތާ ޝަރީފް
  • ރިސޯޓް އެންޑް ގެސްޓްހައުސް ޓޫރިޒަމް މިނިސްޓަރ: މުހައްމަދު މަލީހް ޖަމާލް
  • އިލެކްޝަން ކޮމިޝަން އެންޑް އިންޑިޕެންޑަންޓް ކޮމިޝަންސް މިނިސްޓަރ: އަލީ ނިޔާޒް
  • ކޮންސްޓިޓިއުޝަނަލް ރީފޯމް މިނިސްޓަރ: ހުސައިން ޝަމީމް
  • އިއްތިހާދުގެ ތަރުޖަމާނު: އަހުމަދު މަހުލޫފް