09 Jul 2016, 22:39
މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ވަޅިން ހަމަލާދީ މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު އަލީ މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ މ. ކުރިރުއްގޭ އިރުފާން ރުޝްދީ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އިރުފާން އަދިވެސް ނުފެންނަ ކަމަށާއި އެހެން ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާ ކަމަށެވެ.
އިރުފާން އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ނުވަތަ އެއްވެސް ގޮތަކުން އޭނައާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފާތިރުގެ މަރުގެ މައްސަލައިގައި ހޯދަން އިއުލާން ކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާ ކަމުގައިވާ ގދ. ތިނަދޫ، ލަވްނެސްޓް، 15 އަހަރުގެ އިބާދަތު ލަތީފު ފިލައިގެން އުޅެނިކޮށް ަ އެވެ.
އޭނާ ހޯދީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 24 ޖޫން 2016 ވަނަ ދުވަހު ހުޅުމާލެއިންނެވެ.
ޖޫން ތިންވަނަ ދުވަހު މާލޭގައި 14 އަހަރުގެ ދެ ކުޑަކުދިން މަރާލާފައި ވެ އެވެ. އެއީ ފާތިރުގެ އިތުރުން ކ. ކާށިދޫ، ރަންފަރު، 14 އަހަރުގެ އަހުމަދު އިރުޝާން ހިލްމީ އެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުން ވަނީ އެވެ. އެ ހަތް މީހުންގެ ތެރެއިން ހަ މީހަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.