09 Jul 2016, 17:57
ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔޫރޯ 2016ގެ ސެމީ ފައިނަލްގައި ވޭލްސް އާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގައި ބައިވެރި ނުވެވުނު އެޓީމުގެ ސެންޓަރ ބެކް ޕެޕޭ އަނިޔާއަށް ފަހު ޓީމުގެ ފަރިތަކުރުންތަކުގައި ފުރިހަމައަށް ބައިވެރިވާން ފަށައިފިއެވެ.
ފްރާންސާ ދެކޮޅަށް ޕޯޗްގަލް މާދަމާރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން، ޕެޕޭ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފެށުމަކީ އެޓީމުގެ ކުޅުންތެރީންނަށް ލިބިގެންދިޔަ އާ ހިތްވަރަކެވެ.
ސެމީ ފައިނަލްގައި ވޭލްސް އަތުން 2-0 ލަނޑުން ޕޯޗްގަލް މޮޅުވި މެޗަށް އަނިޔާގެ ސަބަބުން ފުރުސަތު ނުލިބުނު ޕެޕޭ ހުސްވި ހަފްތާގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އެކަހެރިކޮށެވެ. އެހެންނަމަވެސް، އާދީއްތަ ދުވަހުގެ ރޭ ސްޓާޑޭ ޑި ފްރާންސްގައި ކުޅޭ ފައިނަލްމެޗަށް ތައްޔާރުވުމަށް ފެނާންޑޯ ސަންޓޯސްގެ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ރެއާލްގެ ސެންޓަރ ބެކް ބައިވެރިވުމަކީ އޭނާ ފައިނަލްމެޗަށް ފިޓްވެފައި ހުރިކަމުގެ ނިޝާނެކެވެ.
Huge boost for@selecaoportugal. Injury doubt@officialpepetaking part in full training today.#PORFRA#EURO2016https://t.co/zt3lYldvuD
— UEFA EURO 2016 (@UEFAEURO)July 9, 2016
ސެމީ ފައިނަލް މެޗު ފިޔަވައި މިފަހަރުގެ ޔޫރޯގައި ޕޯޗްގަލް ކުޅުނު ހުރިހާ މެޗެއްގައި ޕެޕޭ ވަނީ ކުޅެފައެވެ.