09 Jul 2016, 13:36
ފިތުރު ޢީދާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ބައިބަލާ އެސޯސިއޭޝަނުން ބާއްވަމުން އަންނަ ބައިބަލާ މުބާރާތް ރޭ ފަށައިފި އެވެ.
އެހެން އަހަރުތަކާ ހިލާފަށް އެއްފަހަރާ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް މެޗު ބަލޭނެ ގޮތަށް މާފަންނު ސްޓޭޑިއަމްގައި ފެށި އެ މުބާރާތުގައި ރޭ ވަނީ ޖުމްލަ ހަ މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ބީޖީ ޖޫނިއާސްގެ މައްޗަށް ގްރީން ސްޓްރީޓުން ކުރި ހޯދީ ގަދަ ހިފުމަކަށް ގޮސްގެން 1 ގޭމް 2 ގޭމުންނެވެ. ދެވަނަ މެޗު އޫމްޕާ ލޫމްޕާ އިން ކާމިޔާބު ކުރީ ސީދާ ދެ ގޭމުން ޓީސީ ފްރެޓާނިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ތިން ވަނަ މެޗު ވީ އާރު ދަވަންސް ސީދާ ދެ ގޭމުން ބަލިކޮށް ކާމިޔާބް ކުރީ ބީޖީ ނިއުޖެނެރޭޝަން އެވެ.
ހަތަރު ވަނަ މެޗުގައި ޓީނޭޖް ސްޓާރސް އާއި ޓީނޭޖް ޖޫނިއާސް ބައްދަލު ކުރި އިރު ފޯރި ގަދަ ކުޅުމަކަށް ފަހު އެ މެޗު ކާމިޔާބު ކުރީ ގަދަ ހިފުމަކަށް ފަހު 2 ގޭމް 1 ގޭމް އިން ޓީނޭޖް ޖޫނިއާސް އެވެ.
ރޭ ކުޅުނު ފަސްވަނަ މެޗު ސީދާ ތިން ގޭމުން ޔަންގް ސްޓާސްގެ މައްޗަށް ކުރި ހޯދައިގެން ކާމިޔާބު ކުރީ ޖޭއެފް ޔަންގް ސްޓާސް އެވެ. ރޭގެ ފަހު މެޗުގައި ބުރު ޕާކާއި ކުޑަހެންވޭރު ޓެގް ޓީމް ބައްދަލު ކުރި އިރު އެ މެޗު ގަދަ ހިފުމަކަށް ފަހު ކާމިޔާބް ކުރީ 2 ގޭމް 1 ގޭމް އިން ބުރު ޕާކް އެވެ.
އެ މުބާރާތުގައި މިރޭ ވަނީ 9 މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ.
އެލްޓީ ބަނޑޭރިއަންސް – ޕަންކް ނެކްޓް ލެވަލް
- ނަލަ ނަލަ ވައި ކަންމަތި – ޓެންޓް ސްޕޯޓްސް ކްލަބް
- ޒެފްރޯލް ވިތް ޖެމީސް – ހައްހާ ޖަސްޓް ފްރެންޑްސް
- ޒެފްރޯލް ގޯޅި – އާރު އެލް ސީ ކަންމަތި
- ކުޑަ ހެންވޭރު ލަޔަންސް – ރެޑްލައިން ސިޓީ
- ޖޭބީ ސްރީޓްސް – ލޮރެންޒޯ ހޭއަންސް
- ޖޭބީ ސްޕޯޓްސް ކްލަބް – އޭކޭ ސްޕޯޓްސް ކްލަބް
- ވެސްޓް ވިންގް ސްޕޯޓްސް ކަލަބް – ޓީސީ ނެވާ ޑައީސް
- މަސްއޮޑި ސްޕޯޓްސް ކްލަބް - ކުޑަ ހެންވޭރު ޔުނައިޓެޑް