09 Jul 2016, 12:12
ހެރޮއިނާއެކު ލަންކާގައި ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ޑެއިލީމިރާ ނޫހުން ބުނީ، އެ ދެ މީހުން މިއަދު ހެނދުނު ހައްޔަރު ކުރީ 350 ގްރާމްގެ ހެރޮއިންނާއެކު ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ދެހިވަލަ ހިސާބުން ކަމަށެވެ.
އެ ދެ މީހުންނަކީ ދުނިޔޭގެ ޑްރަގް ސްމަގްލިން ނެޓްވޯކެއްގެ ދެ އެޖެންޓުން،ލަންކާ ފުލުހުން
ލަންކާގެ ޑްރަގް ނާކޮޓިކްސް ބިއުރޯ އިން މިއަދު ހެނދުނު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ދެ ދިވެހިންނަކީ ވެސް ސްރީ ލަންކާ މަގުން ޕާކިސްތާނުން ރާއްޖެއަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ދެ މީހުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެ މީހުންގެ ވަނަވަރެއް ވަނީ ލިބޭ ގޮތެއް ނުވެ އެވެ.