09 Jul 2016, 10:36
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހިންދީ ޑްރާމާ ސިލްސިލާ، "ޔޭ ހޭ މޮހޮއްބަތޭން"ގެ ލީޑު އެކްޓްރެސް، ދިވްޔަންކާ ތުރިޕަތީ (އިޝީތާ) އިއްޔެ ކައިވެނިކޮށްފި އެވެ.
ދިވްޔަންކާ ކައިވެނި ކޮށްފައި ވަނީ ހަމަ އެ ޑްރާމާގައި އޭސީޕީ އަބީޝެކްގެ ރޯލުން ފެނިގެންދާ ވިވެކް ދާހިޔާ އާއެވެ. ދެ ތަރިން އެންގޭޖު ވެފައި ވަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

ދިވްޔަންކާގެ މެހެންދީ ރަސްމިއްޔާތުގެ ތެރެއިން -- ދިވްޔަންކާ އަދި ވިވެކް ކައިވެންނަށް ފަހު --
ދެ ތަރިން ކައިވެނިކޮށްފައި ވަނީ ބޯޕާލްގައި ބޭއްވި ބޮޑު ހަފްލާއެއްގައި އިއްޔެ އެވެ. ހަަބަރުތައް ބުނާ ގޮތުން ދެމީހުން ކައިވެނިކޮށްފައި ވަނީ އިންޑިއާގެ ސަގާފީ ގޮތަށެވެ.
އެގޮތުން ދެމީހުންގެ ސަންގީތު، މެހެންދީ އަދި ހަލްދީ ރަސްމިއްޔާތު ވެސް ކުލަގަދަކޮށް ވަނީ ބާއްވައިފަ އެވެ.

ދެމީހުންގެ ސަންގީތުގެ ތެރެއިން --
ކުލަގަދަކޮށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް، ފިލްމީ ދާއިރާގައި އުޅޭ ގިނަ ފަރާތްތަކަކަށް ކައިވެންޏަށް ދައުވަތު ދީފައެއް ނުވެ އެވެ.
ނަމަވެސް ގިނަ ބަޔަކަށް ދައުވަތު ދީ، މާދަމާ ކައިވެނީގެ ރިސެޕްޝަން ބާއްވަން ވަނީ ނިންމައިފަ އެވެ.

ދިވްޔަންކާގެ މެހެންދީ ރަސްމިއްޔާތުގެ ތެރެއިން --
ދިވްޔަންކާ އާއި ވިވެކް ބައްދަލުވީ ޝޯވ ގެ ތެރެއިންނެވެ. އަދި ދެމީހުން "ޑޭޓް" އަކަށް ދިޔައީ ރައްޓެއްސެއްގެ ބުނުމަކަށެވެ. ދިވްޔަންކާ ވިވެކް އާ ލޯބީގެ ގޮތުން ގުޅުނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ އާ އެކު އޮތް ނުވަ އަހަރުވީ ގުޅުން ނިންމާލުމަށް ފަހު އެވެ.

ދިވްޔަންކާ އާއި ވިވެކްގެ ޕްރީ ވެޑިން ޝޫޓުގެ ތެރެއިން: ދެ ތަރިން ވަނީ އިއްޔެ ކައިވެނިކޮށްފައި ---
ދިވްޔަންކާ ފިލްމީ ދާއިރާއަށް ތައާރަފުވީ ޒީޓީވީ އިން 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ގެނެސްދިން ޑްރާމާ ސިލްސިލާ "ބަނޫ މެއިން ތޭރީ ދުލްހަން" އިން ނެވެ. ނަމަވެސް އޭނާގެ މުޅި ކެރިއަރު ބަދަލުކޮށްލީ "ޔޭ ހޭ މޮހޮއްބަތޭން" އިންނެވެ.
އެ ޑްރާމާ ސިލްސިލާގައި ދިވްޔަންކާ އަދާކުރާ "އިޝީތާ"ގެ ރޯލަށް ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވެ އެވެ.