08 Jul 2016, 23:50
ލަންކާ އެއާޕޯޓުގައި ހުންނަވަނިކޮށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ މެއަށް ތަދެއް އެރުމާއި ގުޅިގެން ލަންކާ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ލަންކާ އިން އެހެން ގައުމަކަށް މިރޭ ފުރާވަޑައިގަންނަވަން ބަންޑާރަ ނައިކު އިންޓަނޭޝަނަލް އެއާޕޯޓުގައި ވަޑައިގެންތަނުން މިނިސްޓަރު މެޔަށް ތަދެއް އެރުމާ ގުޅިގެން ފުރަތަމަ ގެންގޮސްފައި ވަނީ އެއާޕޯޓު ހުންނަ ނެގަންބޯ ހޮސްޕިޓަލަށެވެ.
ނަމަވެސް އެތަނުން ކޮލަންބޯގައި ހުންނަ ލަންކާ ހޮސްޕިޓަލަށް ދާދި ދެންމެއަކު ބަދަލުކޮށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެއްވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް މިނިސްޓަރު ޒަމީރުގެ ސިއްހީ ހާލުކޮޅުގެ އިތުރު ތަފްސީލުތަކެއް އަދި ނުލިބެ އެވެ. އަދި މިނިސްޓަރުގެ ދަތުރުފުޅާ ގުޅޭ ތަފްސީލުތަކެއް ވެސް އަދި ނުލިބެ އެވެ.