ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާ އިން ބާއްވާ އޭޝިއާ ޗެލެންޖުގެ ކޮލިފައިންގެ ދެ ވަނަ ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމް ހޯދައި ތާރީހުގައި ފުރަތަމަ ފަހަރަށް ސަރަހައްދީ ބާސްކޭޓް މުބާރާތަކުން ރާއްޖެއިން މެޑަލް އެއް ހޯދައިފިއެވެ.

ރާއްޖެ އަށް އެ މުބާރާތުގެ ދެ ވަނަ ލިބެނީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބް ކޮށްގެންނެވެ. ފުރަތަމަ މެޗުގައި ބަންގާޅު އަތުން 68-50 އިން ރާއްޖެ މޮޅުވި އިރު ދެވަނަ މެޗުން އިންޑިއާ އަތުން ރާއްޖެ ބަލިވީ 40-96 ޕޮއިންޓުންނެވެ. އަދި ފަހު މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ 54-62 ޕޮއިންޓުންނެވެ.

ޖުމްލަ ހަތަރު ޓީމާއެކު މި މަހު ފަސް ވަނަ ދުވަހު ފެށި ކޮލިފިކޭޝަން ލީގް އުސޫލުން ކުޅުމަށް ފަހު މިއަދު ނިމުނު އިރު ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ސެޕްޓެމްބަރު މަހު އީރާނުގައި ބާއްވާ އޭޝިއާ ޗެލެންޖަށް ކޮލިފައިވެފައި ވަނީ އިންޑިއާ އެވެ. އިންޑިއާގެ އިތުރުން އެ މުބާރާތުން ކޮލިފައިވާ ޓީމުތަކަށް އަންނަ އަހަރު ބާއްވާ ފީބާ އޭޝިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ.