އުފެދުމުގައި ދެ އަތް ނެތް ނަމަވެސް އުމުރުން އެންމެ ހަތް އަހަރުގެ ސޯފީއަށް އޭނާ ބޭނުންވާ ކަންތައް ކުރުމަށް އޮތް ހުރަހެއް ނެތެވެ. އެޑޮޕްޓް ކުރި ދުވަހުން ފެށިގެން ވެސް އޭނާގެ މިހާރު ބެލެނިވެރިޔާ ކްރިސްޓިއޭން އަށް ވެސް ސޯފީއަށް ނުކުރެވޭނެ ކަމެއް ނޯންނާނެ ކަން އިނގުނެވެ.

ސޯފީގެ ކުޑައިރުގެ ފޮޓޯއެއް: އުފެދުނު އިރުގައި ވެސް އޭނާ އަކީ ދެ އަތް ނެތް ކުއްޖެއް -

"އަހަރެމެން ހަދާންހުރޭ ސޯފީ އެޑަޕްޓު ކުރުމަށްފަހު އޭނާއަށް ފުރަތަމަ އައިސް ކްރީމް ކޯނެއް ގަތް ދިން ދުވަސް. އަހަރެން ހުރީ އޭނާއަށް އައިސްކްރީމް ބޯންދޭން. އެކަމަކު އައިސްކްރީމް ދިއްކޮށްލުމުން އޭނާގެ ކުޑަ ދެފައިން އޭތި އަތުލުމަށްފަހު އަމިއްލައަށް ބޯންފެށި. އަހަރެމެން ތިބީ ހައިރާންވެފަ. އެ ދުވަހު އިނގުނު ސޯފީއަށް ހުރިހާ ކަމެއް ވެސް ކުރެވޭނެކަން،" ކްރިސްޓިއޭން ބުންޏެވެ.

ތިން ކުދިން ލިބިފައިވާ ކްރިސްޓިއޭންގެ ދެމަފިރިން މިހާރު ވެސް ހާއްސަ އެހީއަށް ބޭނުންވާ ހަތް ކުދިން އެޑޮޕްޓުކޮށް ބަލަހައްޓަމުންދެ އެވެ. ސޯފީ އެޑަޕްޓުކުރީ ފެނުން ގެއްލިފައިވާ އޭނާގެ ކޮއްކޮ، ލެކްސީ އާއެކުގައެވެ.

ސޯފީ އަދި އޭނާގެ ބެލެނިވެރިން: ސޯފީ އެޑޮޕްޓްކުރި އެމެރިކާގެ ދެމަފިރިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ހަ ކުދިން އެޑޮޕްޓް ކޮށްފި -

ކްރިސްޓިއޭން ބުނީ، ހުރިހާ ގުނަވަނެއް އަދި ހިއްސެއް ހަމަ ހަތް އަހަރުގެ ކުއްޖަކަށް ކުރެވޭ ހުރިހާ ކަމެއް ސޯފީ ކުރާކަށެވެ. އޭނާގެ ދެ ފައި ބޭނުންކޮށްގެން އެއްޗެހި ލިޔެ، ކައި ހަދާއިރު ދަތް އުގުޅައި ބޯ ދޮވެ އަދި ބައިސްކަލުވެސް ދުއްވަ އެވެ.

ނަމަވެސް ސޯފީ ކަހަލަ ކުއްޖަކަށް ކޮންމެ ވެސް ކަހަލަ ގޮންޖެހުންތަކެއް ހުންނާނެ އެވެ. އެގޮތުން ސްކޫލަށްދާނެ ފެށި ދުވަސްކޮޅު ބައެއް މީހުންނާ ކުދިން އޭނާއާ ދިމާލަށް ނުރަނގަޅު ގޮތަކަށް ބަލައި ސުވާލުކޮށް ހެދި ނަމަވެސް، ސޯފީގެ ބެލެނިވެރިން ވަނީ އެކަން އޭނާއަށް ވިސްނައިދީފައެވެ.

ސޯފީ އޭނާ ސްުކޫލުގައި: އޭނާ ކައި ލިޔެ ހަދަނީ ދެފައިން -

"ހިތްހަމަ ނުޖެހޭ ސުވާލެއް މީހަކު އަހައިފިނަމަ މަޖާ ނުވަތަ އުފެއްދުންތެރި ޖަވާބެއް ދޭން ސޯފީ އަށް އަހަރެމެން ދަސްކޮށްދިނިން. އެންމެ ގިނައިން ސޯފީ ކައިރީގައި ކުދިން އަހަނީ ކީއްވެގެންހޭ އަތް ނެތީ. އެހީމަ ސޯފީ ބުނާނެ ސާރިދޯޅެއް ނުވަތަ މިޔަރެއް ދެ އަތް ކާލީކަމަށް. އެ ހިސާބުން އެންމެން ހީލާފަ އެކަން ހަނދާން ނައްތާލައި،" ކްރިސްޓިއޭން ބުންޏެވެ.

ނަށަން ފޯރި ހުންނަ ސޯފީއަށް މިހާރު ބައިވެރި ރަހުމަތްތެރިން ލިބިފައިވާއިރު، ފެނުން ގެއްލިފައިވާ އޭނާގެ އެއްބަނޑު ކޮއްކޮ އަކީ އޭނާގެ ދެ އަތެވެ. އަދި ކޮއްކޮގެ ދެ ލޮލަކީ ސޯފީ އެވެ.

ކެޕްޝަން..

"ތިމާ ކުރަން ލޯބި ކުރާ ކަމެއް ކުރުން ހުއްޓުވުމަށް އެއްވެސް މީހަކަށް ފުރުސަތު ނުދީ،" މިއީ ސޯފީ ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ އެހެން ކުދިންނަށް އޭނާ ދޭން ބޭނުންވާ މެސެޖެވެ.